އިދާރީ ހިންގުން
ވިޝަން
މަކުނުދޫ އަކީ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ، ބަދަލުވަމުންއަންނަ ތަރައްޤީ ދުނިޔެއަށް ލޯހުޅުވިފައިވާ، ޞިއްޙީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާ، އިޖްތިމާޢީގޮތުން ދުޅަހެޔޮ، އަމާން ވެއްޓެއްގައި ދިރިއުޅޭ ރައްޔިތުންތަކެއް ތިބި ރަށަކަށްވުން.
މިޝަން
ކައުންސިލްގެ ޢިދާރީ ހިންގުން ހަރުދަނާކޮށް، ޤާނޫނާއި ޤަވާޢިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވައި ތަންފީޒްކުރުން ހަރުދަނާކޮށް، ތަޢްލީމް ކުރިއަރުވައި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި، ތަމްރީންދިނުމުގެ ވާރކްޝޮޕްތައް އިންތިޒާމްކޮށް، ތަރައްޤީއަށް ހުރި ފުރުޞަތުތައް އިޝްތިހާރުކޮށް، ޢާމްދަނީ ހޯދޭނެ ވަޞީލަތްތައް ޤާއިމްކޮށް، ރައްޔިތުންގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަންގަޅުކޮށް، ދަޢުލަތުން ދޭންޖެހޭ ޚިދުމަތްތައް އެކަށީގެންވާ ފެންވަރެއްގައި، އަވަސް މުއްދަތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން.