މައުލޫމާތު ހޯދުމުގެ ހައްޤު
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރ.ޓީ.އައި) ގެ ދަށުން ކޮންމެ ރައްޔިތަކަށް ވެސް ދައުލަތުގެ އިދާރާތަކުން ބޭނުންވާ މަޢުލޫމާތު ހޯއްދެވުމުގެ ޙައްޤު ލިބިގެންވެއެވެ. މަކުނުދޫ ކައުންސިލް އިދާރާއިން މި ޤާނޫނަށް ޢިޙްތިރާމު ކޮށް ޝަފާފީ ވެރިކަމެއް ގެނައުމަށް މަސައްކަތް ކުރަމުންދެއެވެ.
މަޢުލޫމާތު ހޯއްދެވުމަށް އެދޭ ފޯމު ފުރައި، ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމުން، ޤާނޫނީ އިޖުރާޢާތާ އެއްގޮތަށް ނިންމުން ނިންމައި، ދެވޭނެ އެންމެ ފަސޭހަ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އާރ.ޓީ.އައި އޮފިސަރާ ގުޅުއްވައިގެން އިތުރު މަޢުލޫމާތު ހޯއްދެވޭނެއެވެ.
ޝަފާފީކަމާއި ޖަވާބުދާރީވުން މި ކައުންސިލްގެ ބުންޔާދީ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރައްޔިތުންނާ ގުޅޭ ނިންމުންތަކާއި، ކައުންސިލުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް ޢިޖާބަ ދޭނަމެވެ.