ހަނދު ކޭތަ

10 ޖަނަވަރީ 2020 ވާ ހުކުރު ދުވަހުގެ ރޭ ރާއްޖޭގަޑިން 22:07އިން ފެށިގެން 11 ޖަނަވަރީ 2020 ވާ ހޮނިހިރު ވިލޭރޭގެ މެންދަމު 02:12އާއި ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެއެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނެ ކަމަށް މަޢުލޫމާތު ލިބެނީ 11 ޖަނަވަރީ 2020 ވާ ހޮނިހިރު ގެ 00:10 ގައެވެ. އަދި އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އަންގަވާފައެވެ.

ވީމާ މަކުނުދޫގައި ކޭތަ ނަމާދު ކުރުން އޮންނާނީ މަސްޖިދުއް ތަޤުވާގައެވެ. އަދި އިމާމުވެ ކޭތަ ނަމާދު ކުރައްވާނީ އަލްފާޟިލް އަބުދުﷲ ވަލީދު އިބްރާހިމް ޖަމީލާހިޔާ ހދ.މަކުނުދޫއެވެ.

Leave a Reply

Your email address will not be published. Required fields are marked *